މޯޓިވޭޝަން ނުވަތަ
ޝައުޤުވެރި ކުރުވުމުގެ ނަޒަރިއްޔާތު
މި ނަޒަރިއްޔާތުގެ މައިގަނޑު ގަބޫލު
ކުރުމަކީ ސަމާލުކަން ހޯދޭނެ ނުވަތަ ޝައުގުވެރިވާނޭ ގޮތްތަކަށް ބަރޯސާ ކޮށްގެން
އުނގަންނައިދިނުމެވެ. އެގޮތުން، ދެ ވައްތަރެއްގެ ޝައުޤުވެރިކަން އިންސާނާގެ
ފިތުރަތުގައި ހިމެނޭ ކަމަށް މި ނަޒަރިއްޔާގައި ބަޔާން ކުރެއެވެ. އެއީ އިންޓްރިންސިކް
މޯޓިވޭޝަން އަދި އެކްސްޓްރިންސިކް މޯޓިވޭޝަން އެވެ.
އިންޓްރިންސިކް މޯޓިވޭޝަންއަކީ ފަރުދީގޮތުން
ކޮންމެ މީހެއްގެ އެތެރޭގެ ބޭނުންތަކަށް މައްޗަށް ބިނާވެފައިވާ ޝައުޤުވެރިކަމެވެ. ކަންކަމުގައި
މިފަދަ ޝައުޤުވެރިކަމެއް އުފެދިއްޖެނަމަ އެކަމެއް ކުރުމުގައި އެމީހަކަށް ލިބިދާނެ
ރީތި ނަމަކަށް ނުވަތަ ހޯދިދާނެ ކާމިޔާބީއަކަށް، އިނާމަކަށް މާބޮޑު ސަމާލުކަމެއް
ނުދެނެއެވެ. އެހެނީ މިފަދަ ކަންކަން އެމީހަކު ކުރާނީ އަމިއްލައަށް ބޭނުންވެގެން
އެމީހަކު އެކަމަކަށް ހިތްއެދޭތީއެވެ. މިސާލަކަށް ދޫނިގެންގުޅުމަށް
ޝައުޤުވެރިވާމީހަކު، އެއަށް ކާންދީ، ބަލަހައްޓައި އޭގެ ހުރިހާ ކަމެއް ކޮށްދިނުމުގައި
ވަގުތު ހޭދަކުރާނީ އެކަމެއްގެ ސަބަބުން އޭނާއަށް ލިބިދާނެ "ރިވާޑަކަށް"
ނޫނެވެ. އެކަމެއްގެ ސަބަބުން އޭނާގެ ނަފްސަށް ލިބިގެންދާ ހިތްހަމަޖެހުމަކަށެވެ.
ޝައުޤުވެރިކަމުގެ ނަޒަރިއްޔާތުގެ ދެވަނަ
ވައްތަރަކީ ޙާލަތަކާ ގުޅިފައިވާ ޝައުޤުވެރިކަން ނުވަތަ އެކްސްޓްރިންސިކް
މޯޓިވޭޝަނެވެ. މިފަދަ ޝައުޤުވެރިކަން ބޮޑަށް މާނަކުރެވެނީ އިނާމެއް ، ތަރުޙީބެއް ،
ނުވަތަ މިފަދަ ކޮންމެވެސް އެއްޗެއްގެ ބޭނުމުގައި ކަމަކަށް ޝަޢުޤުވެރިވުމަށެވެ. މިސާލަކަށް
ދަރިވަރަކު ފުރިހަމައަށް ބަރާބަރަށް
ފިލާވަޅު ނިންމަނީ މުދައްރިސްގެ ފަރާތުން ލިބޭ ތަރުޙީބަށްޓަކައި ކަމަށް ވާނަމަ މި
ޙާލަތުގައި ދަރިވަރު އެކަމަކަށް ޝައުޤުވެރިވަނީ ވަކިކަމެއް ލިބިގަތުމުގެ
ބޭނުމުގައެވެ.
މި ލިޔުމުގައި މާޖިދާ ހުށަހަޅާފައިވަނީ ވ. ރަނގަޅު ޚިޔާލުތަކެކެވެ. މާޖިދާ ލިޔުއްވާފައިވާ ފަދައިން ކްލާސްރޫމެއްގައި ތަފާތު ފެންވަރުގެ ތަފާތު މިޒާޖުތަކުގެ ކުދިން ތިބޭނެއެވެ. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ހަމައެހެންމެ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަކުދިންވެސް އަޅުގަނޑުމެންގެ ކްލާހުގައި އުޅެމުން އެބަދެއެވެ. އެހެންކަމުން އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރުވާންޖެހޭނީ އެކުދިންނާ، އަދި އެކުދިންގެ ބޭނުންތަކާ އިޙްސާސްތައް ރަނގަޅަށް އެނގޭމީހަކަށެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ ތަފާތު ސްޓްރެޓަޖީތައް ބޭނުންކޮށްގެން، އެންމެ އެކަށީގެންވާގޮތަކަށް އެކުދިންނަށް އެހީތެރިވެވޭނޭވަރުގެ މީހަކަށެވެ.
ReplyDeleteހަމައެހެންމެ ތަފާތު މާޙައުލުތަކުން އަންނަ ކުދިންގެ ތަފާތު މިޒާޖުތަކާ ތަފާތު އުޅުން ހުންނާނެކަންވެސް ޤަބޫލުކުރަންޖެހެއެވެ. އެހެނީ މިއަދު އަޅުގަނޑުމެންގެ ތޮއްޖެހިފައިމިވާ މުޖުތަމަޢުގައި ހުރި ނޭދެވޭ ސިފަތައް ހަމަ އަޅުގަނޑުމެންގެ ކްލާސްތަކުގައި އުނގެނެމުންދާ ދަރިވަރުންގެ ކިބައިގައިވެސް ހުންނާނެކަން ޤަބޫލުކުރެވޭތީއެވެ. އެހެންކަމުން މިފަދަ ކުދިންގެ އުޅުން އިޞްލާހުކުރެވޭނޭގޮތަށް އެކުދިންނަށް ހިތްވަރު ދީ ކުދިންނަށް އެހީތެރިވެދީގެން އެކުދިންގެ އެ ނުރަނގަޅު ސުލޫކު ބަދަލުކުރަންޖެހެއެވެ. ސަބަބަކީ ކްލާހުގައި ހަލަބޮލި "ބަސްމަގު ހުތުރު" ކުދިންނަކީވެސް ދަރިވަރުންތަކަކަށް ވުމާއެކު އެފަދަ ދަރިވަރުންނަށް ރަނގަޅުގޮތްތައް އެނގި އެކަށީގެންވާ ގޮތެއްގައި ކިޔެވިއްޖެނަމަ މުޖުތަމަޢަށް ފައިދާ ހުރި ކުދިންތަކަކަށް ވެގެންދާނެތީއެވެ. އެހެންކަމުން މާޖިދާ ޙަސަންގެ މި ލިޔުމަކީ މުދައްރިސުންނަށް ވަރަށް ބޭނުންތެރި ޚިޔާލުތަކެއްގެ ގޮތުގައި ފާހަގަވެއެވެ.
ވަރަށް ބޮޑަށް ޝުކުރިއްޔާ އާމިނަތު
ReplyDelete