Skip to main content

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ


ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ
އުނގަންނައިދިނުމުގެ ގޮތާއި ފާޑުވެރިކަމަށް ދުވަހެއް ދުވަހަކަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ އެދުރުން މިބަދަލުތަކަށް އަހުލުވެރިވާންޖެހެ އެވެ. މިކަން ކުރެވޭނީ، ތަޙުލީލީ ނަޒަރަކުން "ލާރނިންގް ތިއަރީ" ތަކާމެދު ވިސްނައި ތަޙުލީލުކޮށްގެންނެވެ. އެހެނީ، އުނގެނުން ބިނާވެފައިވަނީ ދަރިވަރު އުނގެނޭގޮތާބެހޭ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ.  މި ނަޒަރިއްޔާތުތަކުގެ ބޭނުން ހިފަންޖެހޭގޮތް ދަރިވަރުންގެ ވިސްނުމާއި އުމުރާއި ކިޔަވައިދޭ އެއްޗެއްގެ ގޮތާއި ބާވަތުން ތަފާތުވެދާނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލެވިފައިވާނީ، ލާރނިންގ ތިއަރީތަކުގެ ތެރެއިން، ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގައިވާ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓުތަކުގެ މައްޗަށް ކަނޑައަޅާފައިވާ ކިޔަވައިދިނުމުގެ ފަލްސަފާއެކެވެ.
ތާވަލު 1: (ލާރނިންތިއަރީތަކާއި މި ތިޔަރީތަކުގެ ނިކަމެތި އަދި ވަރުގަދަ ނުކުތާތައް)
ލާރނިންގް ތިޔަރީ
ތިއަރީގެ ތަޢާރަފު
ވަރުގަދަ
ނިކަމެތި
ބިހޭވިއަރަލް
ވަކި އުޅުމެއް ބައްޓަން ކުރުވުމަށް މެދުވެރިކުރުވާ ނުވަތަ މެދުވެރިވާ ޙާލަތަކާ ވިއްދައިގެން އޭގެ ރައްދެއްގެ ގޮތުން ސުލޫކަށް ނުވަތަ އުޅުމަށް އަންނަ ބަދަލު.
-ރިއިންފޯރސްމެންޓު(ތަރުހީބު) އަދި ޕަނިޝްމެންޓު (އަދަބު) ދީގެން ކުއްޖާގެ ކިބައިގައި ނެތް ހުނަރެއް ތަރައްޤީކުރުމުގެ ޔަގީންކަން ލިބިދޭ.
- އަންނާނެ ބަދަލުތައް އަންދާޒާކޮށް ދެނެގަނެ ތަންފީޒުކުރަން ފަސޭހަ.
-ސުލޫކަށް އަންނަ ބަދަލުތައް ދިގުދެމިގެން ދިޔުމުގެ ޔަގީންކަން ނުދެވޭ. ރިއިންފޯރސްމެންޓު ހުއްޓާލުމުން އުޅުން ކުރީގެ ގޮތަށް ރުޖޫޢަވުމުގެ ފުރުޞަތު އޮވޭ.
-ނެގަޓިވް ރިއިންފޯރސްމެންޓުން ކުދިން މޯޓިވޭޓް ނުކުރެވުން
- ބަދަލު ގެންނަން ބޭނުންނުވާ ސުލޫކެއް ރަނގަޅު ކުރަން ދެވޭ ރިއިންފޮރސްމެންޓުގެ ސަބަބުން އޭގެ ނުރަނގަޅު އަސަރެއް ކުއްޖާއަށް ކުރުން.
- އުޅުން ބައްޓަން ކުރެވޭ ހިނދު (ޝޭޕިންގ) މީގައި ނުކުމެދާނެ އެހެނިހެން ނަތީޖާތައް ކިޔައިނުދެވުން.
ކޮގްނެޓިވް
ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން 
- ކުއްޖަކަށް ކުރިން ލިބިފައި ހުންނަ މަޢުލޫމާތާއި ތަޖުރިބާ އަދި ގަބޫލުކުރުންތަކާ ގުޅުވާލައިގެން ކިޔަވައިދިނުމުން އުނގެނުން މާނަހުރި އެއްޗަކަށްވޭ.
- މަޢުލޫމާތުތައް އޮޅުން ފިލުވައި ދޭއިރު ސަމާލުކަން ހޯދުމާއި ސަމާލުކަން ދެމެހެއްޓުމުގެ މުހިންމު ރޯލެއް އަދާކުރޭ.
- ކިޔަވައިދެވެނީ ދަރިވަރުންގެ ސިކުނޑީގެ ތަފާތު މަސައްކަތްތަކަށް (ކޮގްނެޓިވް ޑިވިލޮޕްމަންޓް) ރިޢާޔަތްކޮށްގެން.
-އެކި ކުދީންގެ ގަބޫލުކުރުންތަކާއި، ތަޖުރިބާތަކާއި ލިބިފައި ހުންނަ މަޢުލޫމާތުތައް ތަފާތުވުމުން ބޭނުންވާ ވަކި ޚާއްޞަ ނަތީޖާއަކަށް ވާޞިލުވުމަށް އުދަގޫވޭ.
- ބައެއް މައްސަލަތައް އެކަނި ހައްލުކުރަން އުދަގޫވާހިނދު އެހެންމީހެއްގެ އެހީތެރިކަން ނުލިބިއްޖެނަމަ އެކަން ވިސްނައިގަތުމަށް އުދަގޫވުން. (މީގެ ސަބަބުން ޒޯން އޮފް ޕްރޮކްސިމަލް ޑިވެލޮޕްމަންޓް–ޒެޑް ޕީ ތަރައްޤީވުމުގައި ހުރަސް އެޅުން)
ސޯޝަލް ކޮގްނެޓިވް
މިއީ ދިރިއުޅޭ މާޙައުލުން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތަކުގެ ތެރެއިން އުނގެނުން. ނުވަތަ އިޖުތިމާޢީގުޅުމުގެ ތެރެއިން  ދަސްވާ ކަންތައްތައް.  
ޒޯން އޮފް ޕްރޮކްސިމަލް ޑިވެލޮޕްމަންޓް ( ޒެޑް ޕީޑީ) އެކަނި ޙައްލުކުރަން ދަތި މަސައްކަތްތައް އެހެންމީހެއްގެ އެހީއާއެކު ކުރުމަށް ފުރުޞަތު ފަހިވޭ.
ގުރޫޕްގައި ދެވޭ ހަރަކާތްތައް އެންމެ ފުރިހަމަ ގޮތެއްގައި މޮނީޓަރ ނުކުރެވިއްޖެނަމަ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިވޭ.
ކޮންސްޓްރަކްޓިވިޒަމް
ދިރިއުޅޭ މާހައުލުންނާއި އުފެދި ބޮޑުވާ މަރުހަލާތަކާ ގުޅޭގޮތުން ވިސްނޭ ވިސްނުންތަކާއި ވަށައިގެންވާ މާހައުލުން ބަދަލުކުރެވޭ އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން އުނގުނުން. އަމިއްލަ ތަޖުރިބާގެ އަލީގައި އައު އެއްޗެހި ދަސްކުރުމަށް މި ތިޔަރީ އެހީވެދޭ.
-ދިރިއުޅުމުގެ ދިމާވާ ކަންތައްތަކަށް އަމިއްލައަށް ހައްލުހޯދުމަށް ގާބިލުވޭ.
- އެކަނި ޙައްލުކުރަން ދަތި މައްސަލަތަކަށް އެހެންފަރާތެއްގެ އެހީއާއި ޚިޔާލު ލިބި ފަސޭހައިން ހައްލު ކުރެވޭ.
-ވަކި ޚާއްޞަގޮތަކަށް ނިންމަންޖެހޭ މުހިންމު ނިންމުންތަކުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވޭ.

ތާވަލު 1 ގައި އިސްވެ ބަޔާންކުރެވުނު ރިވާކުރުންތަކަށް ބަލާއިރު ބަޔާންކުރެވުނު ހުރިހާ ތިއަރީއަކީވެސް ކިޔަވައިދިނުމުގައި ވަރަށް ފުރިހަމައަށް ބޭނުން ހިފިދާނެ ތިއަރީތަކެކެވެ. އަދި ހަމައެހެންމެ، މީގެ ކޮންމެ ތިއަރީއެއްވެސް ބިނާވެފައި މިވަނީ ވަރުގަދަ އަދި ނިކަމެތި ކަންތައްތަކެއް އެކުލެވޭ ގޮތަށެވެ. އެހެންކަމުން، ކިޔަވައިދިނުމުގައި މީގެ ކޮންމެ ތިއަރީގައި ހިމެނޭ ނިކަމެތި ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި އެ ކަންތައްތަކުގެ އަސަރު އުނގަންނައިދިނުމަށް ނުފޯރާނެ ގޮތަކަށް ކިޔަވައިދިނުން ބައްޓަން ކުރަން ޖެހެއެވެ. މިކަންކަމަށް ސަމާލުވެތިބެ މި ތިއަރީތަކުގެ ބޭނުން ކޮށްފިނަމަ އެދެވޭ ހެޔޮބަދަލުތަކެއް އުނގަންނައިދިނުމަށް އަންނާނެކަމީ ގަބޫލުކުރެވޭ ޙަޤީގަތެކެވެ. 

ތާވަލު 1 ގައި ގެނެސްދީފައިވާ ބިހޭވިއަރަލް ތިއަރީއަކީ "ކުލާހުގެ ވެށިން" މުދައްރިސުންނަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކުގެ ހައްލެކެވެ. އެގޮތުން ކުލާހުގެ ވެށިން ފެންނަންނުޖެހޭ އަމަލެއް ނުވަތަ ގޮތެއް ފެންނަ ހިނދު މި ކުދީންގެ ސުލޫކު ރަނގަޅު ކުރުމަށް ސްކިނަރގެ ބިހޭވިއަރަލް ތިއަރީގެ ތަރުޙީބު ދިނުމާއި އަދަބު ދިނުމުގެ އުޞޫލުތައް ބޭނުންކޮށްގެން، އެކުދިންގެ ސުލޫކަށް ރަނގަޅު ބަދަލެއް ގެނެވިދާނެއެވެ. އަދި ދަރިވަރުން އަހުލުވެރިނޫން ބައެއް ހުނަރުތައް އެކުދިންގެ ކިބައިގައި އަށަގެންނެވުމަށްވެސް މިތިޔަރީގެ އެހީތެރިކަން ހޯދިދާނެއެވެ. އެއީ ދަރިވަރުންނަށްދެވޭ އިރުޝާދުތަކުންނާއި، ފީޑްބެކްތަކުންނެވެ. މި ތިޔަރީއަކީ ކުއްޖާގެ ސުލޫކަށް އަންނަމުންދާ ބަދަލުތައް ގާތުން މޮނީޓަރ ކުރެވި، ތަންފީޒުކުރަން ފަސޭހަ ތިޔަރީއަކަށް ވުމުން، މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އަޅުގަނޑުގެ ކިޔަވައިދިނުމުގައި މި ތިޔަރީގެ ބޭނުން ހިފާނަމެވެ.

ކިޔަވައިދިނުމުގެ އެހީތައް ކުދިންގެ އުމުރާއި ވިސްނުމާ ގުލޭގޮތަށް ތައްޔާރު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތާވަލް 1 ގައިވާ ކޮގްނެޓިވް ލާރނިންގ ތިޔަރީއެވެ. ހަމައެހެންމެ، ކުދީންނަށް ކުރިން އެނގިފައިވާ މަޢުލޫމާތާ ގުޅުވައިގެން ކިޔަވައިދިނުމުގައިވެސް މި ތިއަރީގެ އުސޫލުތަކުގެ ބޭނުން ހިފިދާނެއެވެ. އެގޮތުން ފިލާވަޅު ފެށުމުގެ ކުރީން، "ބްރެއިން ސްޓޯމިންގ" ކުރުމާއި ފިލާވަޅު ހަނދާނަށް ގެނައުމުގެ އުކުޅުތައް ބޭނުން ކުރެވިދާނެއެވެ. ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ. އެހެންކަމުން ފިލާވަޅުތައް ގެންދިޔުމުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށް އަޅުގަނޑު މި ތިޔަރީގެ ބޭނުން ހިފާނަމެވެ.  

ބިހޭވިއަރަލް އަދި ކޮގްނެޓިވް ލާރނިންގ ތިޔަރީގެ އިތުރުން، ތާވަލު 1 ގައި ބަޔާންކޮށްފައިވާ ސޯޝަލް ލާރނިންގ ތިއަރީ ނުވަތަ ސޯޝަލް ކޮގްނެޓިވް ތިޔަރީއަކީވެސް އަޅުގަނޑުގެ ކިޔަވައިދިނުމުގައި ބޭނުން ހިފާނެ ތިޔަރީއެކެވެ.  މިއީ ދިރިއުޅޭ މާޙައުލުން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތަކުގެ ތެރެއިން އުނގެނުން ނުވަތަ އިޖުތިމާޢީގުޅުމުގެ ތެރެއިން  ދަސްވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ތިޔަރީއަކަށްވާތީވެ، މިތިޔަރީގެ ބޭނުން ހިފައި، ކިޔަވައިދިނުމުގައި، ޑިމޮންސްޓްރޭޝަން ތަކުގެ ބޭނުން ކުރާނަމެވެ.
މީގެ އިތުރުން، ތާވަލު 1 ގައިވާ ކޮންސްޓްރަކްޓިވިޒަމްގައި އުނގެނުން މާނަކޮށްފައިވަނީ، މާޙައުލުންނާއި ކުރެވެމުންދާ ތަޖުރިބާތަކުންނާއި ވިސްނުމުގެ މަރުޙަލާތަކާ ގުޅޭގޮތުން ކިޔަވައިދިނުމަށެވެ. އެގޮތުން ދަރިވަރުން އަމިއްލައަށް މައްސަލަތަކާމެދު ފުންކޮށް "ކްރިޓިކަލްކޮށް" ވިސްނައި، އެމައްސަލައެއް ހައްލުކޮށް، އެދެވޭ ނަތީޖާއެއް ނެރުމަށް މިތިޔަރީ ބާރުއަޅާތީވެ، ކިޔަވައިދިނުމުގައި މި ތިޔަރީގެ ބޭނުން ހިފާނަމެވެ. މިގޮތުން، ދަރިވަރުންގެ އަމިއްލަ ސިކުނޑިން ކަންކަން މިނާ، ވަޒަންކުރެވޭފަދަ މަސައްކަތްތަކެއް ކުދިންނަށް ހަވާލު ކުރެވޭނެއެވެ. އެގޮތުން ފިލާވަޅުތައް ނަގައި ދިނުމުގައި، ފޯކަސް ގުރޫޕް އިންކުއަރީތަކާއި ކްރިޓިކަލް ޑިބޭޓްތަކާއި ސިނާރިއޯތައް ހަވާލު ކުރެވޭނެއެވެ.
ނިންމުން
މީގެ ކޮންމެ ތިޔަރީއަކީވެސް ކިޔަވައިދިނުމުގައި ބޭނުން ހިފިދާނެ ތިޔަރީއެއްގެ ގޮތުގައި ގަބޫލު ކުރަމެވެ.  އެގޮތުން އަޅުގަނޑުގެ ކިޔަވައިދިނުމުގައި،  ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގެ ބޭނުން ހިފައި ކިޔަވައިދިނުމުގައި ހަރުދަނާ އުސޫލްތަކެއް ގެންގުޅޭ ނަމެވެ.


Comments

Popular posts from this blog

ޕޯސްޓު 2 ( ކޮގްނެޓިވް ލާރނިންގ ތިޔަރީ)

މައުރޫފީ އުނގެނުމުގެ ނަޒަރިއްޔާތު (ކޮގްނެޓިވް ލާރނިންގ ތިޔަރީ) ޖީން ޕިއާޖޭ ތަޢާރަފްކުރައްވާފައިވާ 'ކޮގްނިޓިވް ލާރނިންގ ތިއަރީ' އަކީ އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. މި ތިޔަރީ އެންމެ ބޮޑަށް ބަރޯސާވަނީ ދަރިވަރުގެ ވިސްނުމަށެވެ. މި ތިޔަރީގައި އުނގެނުމުގެ މަފްހޫމް   މާނަކޮށްފައިވަނީ، ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީ ގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމަށެވެ. މިތިއަރީގެ އެއް ވިސްނުމަކީ، ދަރިވަރަށް އުނގެނުމަށް ބާރުއެޅުމުގައި، އަބަދުވެސް ކުރިން އުނގެނި، ދަސްކޮށްފައިވާ، ނުވަތަ އެނގޭ މަޢުލޫމާތަކާ ނުވަތަ ކޮށްފައިވާ ތަޖުރިބާއަކާ ގުޅުވައިލައިގެން ކިޔަވައިދިނުމެވެ. މީގެ ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ.   ޕިޔާޖޭ ގަބޫލު ކުރައްވާގޮތުގައި، ކޮންމެ މީހެއްގެވެސް ވިސްނުމާއި ފިކުރީ ކުރިއެރުންތައް ލިބިގެންދަނީ މައިގަނޑު ހަތަރު މަރުޙަލާއެއް ކަޑައްތު ކުރުމަށް ފަހު

ސޯޝަލް ކޮގްނެޓިވް ތިޔަރީ

ސޯޝަލް ކޮގްނެޓިވް ތިޔަރީ       މި ތިޔަރީގެ ބާނީ އަކީ ލެވް ވައިގޮޓްސްކީ (1896-1934) އެވެ. ދިރިއުޅޭ މާޙައުލުން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތަކާއި   އިޖުތިމާޢީގުޅުމުގެ ތެރެއިން   ދަސްވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެން ދަރިވަރުން އުނގެނޭ ކަމަށް މި ތިޔަރީ ބުރަވެއެވެ. މިސާލަކަށް ހެދުން ވިޔާތަން އަބަދާ އަބަދު ފެންނަ މުޖުތަމަޢެއްގައި ބޮޑުވާ ކުއްޖަކު، އެކަމުގެ   ހުންރާއި ގާބިލުކަން ހޯދުމަށް މީހަކު އޭނާއަށް ކިޔައިދީ ބުނެދޭކަށް ނުޖެހެއެވެ. މި ހުނަރު އޭނާ ދަސްކުރާނީ އެއަށްވުރެ ބޮޑެތި މީހުން އެކަން ކުރާގޮތް ބަލައި އެކަން ތަޖުރިބާކޮށްގެންނެވެ.     އެހެންކަމުން މި ތިޔަރީގައި ގަބޫލު ކުރުމަކީ އުނގެނުމުގައި   "އެކްސްޓާރނަލް ފެކްޓާރސް" ތައް އަދާކޮށްދޭ ދައުރު މުހިންމެވެ. މިފަދަ "ފެކްޓާރސް" ތަކުގެ ތެރޭގައި ހިމެނެނީ އިޖުތިމާޢީ ކަންތައްތައް (ސޯޝަލް ފެކްޓާރސް)، މުޖުތަމަޢުތައް (ކޮމިޔުނިޓީޒް)، ގުޅުންތައް (ނެޓްވާރކްސް)، ބައިވެރިވުން (ޕާރޓިޗިޕޭޝަން)، ޙާލަތު (ކޮންޓެކްސްޓް)، އެކުވުން (ކޮލަބްރޭޝަން)، ޘަގާފަތް (ކަލްޗާރ) ފަދަ ކަންތައްތަކެވެ.    މި ބައިތަކުން އެނގިހާމަވެގެންދާ