ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެކެވެ. ލިބިފައިވާ ތޫނުފިލިކަމާއި ޤާބިލްކަމުގެ ގޮތުން ވެސް ކުލާހެއްގައި ހިމެނޭ ހުރިހާ ކުދީންނަކީ އެއްވަރެއްގެ ކުދި ބައެއްގެ ގޮތުގައި ބެލެވިގެން ނުވާނެއެވެ. އެގޮތުން، ކޮންމެ ކުއްޖަކީވެސް ހެދުންއަޅާގޮތާއި، ޖިންސާއި، އުމުރާއި ޖިސްމާނީ ގާބިލުކަމާއި ޢާއިލީ ވަނަވަރާއި ސިޔާސީ ވިސްނުންތަކާއި އުނގެނޭ ތަފާތު ގޮތްތަކާއި މިޒާޖާއި އުޅުމާއި ތޫނުފިލިކަމާއި ހުނަރުގެ ރޮގުން ތަފާތުވާހިނދު އުނގަންނައި ދިނުމުގައި މިތަފާތުތަކަށް ރިޢާޔަތް ކުރަން ޖެހެއެވެ. އެގޮތުން ކުލާހެއްގެ ތެރެގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ އުނދަގޫތަކެއް ތަޙައްމަލް ކުރަމުންދާ ކުދިބަޔަކު ތިބެދާނެއެވެ. ހަމަ މި ކުލާހުގައި ސުލޫކީ މައްސަލަތަކެއް ހުރި ކުދި ބަޔަކުވެސް ތިބުން އެކަށީގެންވެއެވެ. މީގެ ތެރެއިން ބައެއް ކުދީންނަކީ ރަނގަޅަށް މުޢާމަލާތް ނުކުރެވޭ ކުދިބަޔަކަށްވެސް ވެދާނެއެވެ. ހަމައެހެންމެ، އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކުދި ބަޔަކުވެސް މިފަދަ ކުލާހަކުން ފެނުމަކީ ދުރުގައިވާ ކަމެއް ނުނެވެ. ސުވާލަކ
މޯޓިވޭޝަން ނުވަތަ ޝައުޤުވެރި ކުރުވުމުގެ ނަޒަރިއްޔާތު މި ނަޒަރިއްޔާތުގެ މައިގަނޑު ގަބޫލު ކުރުމަކީ ސަމާލުކަން ހޯދޭނެ ނުވަތަ ޝައުގުވެރިވާނޭ ގޮތްތަކަށް ބަރޯސާ ކޮށްގެން އުނގަންނައިދިނުމެވެ. އެގޮތުން، ދެ ވައްތަރެއްގެ ޝައުޤުވެރިކަން އިންސާނާގެ ފިތުރަތުގައި ހިމެނޭ ކަމަށް މި ނަޒަރިއްޔާގައި ބަޔާން ކުރެއެވެ. އެއީ އިންޓްރިންސިކް މޯޓިވޭޝަން އަދި އެކްސްޓްރިންސިކް މޯޓިވޭޝަން އެވެ. އިންޓްރިންސިކް މޯޓިވޭޝަންއަކީ ފަރުދީގޮތުން ކޮންމެ މީހެއްގެ އެތެރޭގެ ބޭނުންތަކަށް މައްޗަށް ބިނާވެފައިވާ ޝައުޤުވެރިކަމެވެ. ކަންކަމުގައި މިފަދަ ޝައުޤުވެރިކަމެއް އުފެދިއްޖެނަމަ އެކަމެއް ކުރުމުގައި އެމީހަކަށް ލިބިދާނެ ރީތި ނަމަކަށް ނުވަތަ ހޯދިދާނެ ކާމިޔާބީއަކަށް، އިނާމަކަށް މާބޮޑު ސަމާލުކަމެއް ނުދެނެއެވެ. އެހެނީ މިފަދަ ކަންކަން އެމީހަކު ކުރާނީ އަމިއްލައަށް ބޭނުންވެގެން އެމީހަކު އެކަމަކަށް ހިތްއެދޭތީއެވެ. މިސާލަކަށް ދޫނިގެންގުޅުމަށް ޝައުޤުވެރިވާމީހަކު، އެއަށް ކާންދީ، ބަލަހައްޓައި އޭގެ ހުރިހާ ކަމެއް ކޮށްދިނުމުގައި ވަގުތު ހޭދަކުރާނީ އެކަމެއްގެ ސަބަބުން އޭނާއަށް ލިބިދާނެ "ރިވާޑަކަށް" ނޫނެވެ. އެކަމެއް