Skip to main content

ސޯޝަލް ކޮގްނެޓިވް ތިޔަރީ




ސޯޝަލް ކޮގްނެޓިވް ތިޔަރީ
     މި ތިޔަރީގެ ބާނީ އަކީ ލެވް ވައިގޮޓްސްކީ (1896-1934) އެވެ. ދިރިއުޅޭ މާޙައުލުން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތަކާއި  އިޖުތިމާޢީގުޅުމުގެ ތެރެއިން  ދަސްވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެން ދަރިވަރުން އުނގެނޭ ކަމަށް މި ތިޔަރީ ބުރަވެއެވެ. މިސާލަކަށް ހެދުން ވިޔާތަން އަބަދާ އަބަދު ފެންނަ މުޖުތަމަޢެއްގައި ބޮޑުވާ ކުއްޖަކު، އެކަމުގެ  ހުންރާއި ގާބިލުކަން ހޯދުމަށް މީހަކު އޭނާއަށް ކިޔައިދީ ބުނެދޭކަށް ނުޖެހެއެވެ. މި ހުނަރު އޭނާ ދަސްކުރާނީ އެއަށްވުރެ ބޮޑެތި މީހުން އެކަން ކުރާގޮތް ބަލައި އެކަން ތަޖުރިބާކޮށްގެންނެވެ.
  އެހެންކަމުން މި ތިޔަރީގައި ގަބޫލު ކުރުމަކީ އުނގެނުމުގައި  "އެކްސްޓާރނަލް ފެކްޓާރސް" ތައް އަދާކޮށްދޭ ދައުރު މުހިންމެވެ. މިފަދަ "ފެކްޓާރސް" ތަކުގެ ތެރޭގައި ހިމެނެނީ އިޖުތިމާޢީ ކަންތައްތައް (ސޯޝަލް ފެކްޓާރސް)، މުޖުތަމަޢުތައް (ކޮމިޔުނިޓީޒް)، ގުޅުންތައް (ނެޓްވާރކްސް)، ބައިވެރިވުން (ޕާރޓިޗިޕޭޝަން)، ޙާލަތު (ކޮންޓެކްސްޓް)، އެކުވުން (ކޮލަބްރޭޝަން)، ޘަގާފަތް (ކަލްޗާރ) ފަދަ ކަންތައްތަކެވެ.
   މި ބައިތަކުން އެނގިހާމަވެގެންދާ ގޮތުގައި ވިސްނުން ތަރައްޤީ ވުމުގައި އިޖުތިމާޢީ ގުޅުންތައް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި އުނގެނުމާއި ވިސްނުމުގެ ހަމަތައް ބިނާވެފައިވަނީ އެހެންމީހުންނާ އޮންނަ ގުޅުންތަކުގެ މައްޗަށެވެ. އަދި މުދައްރިސުންނާއި ލަފާދޭމީހުންނާއި ޢިލްމީ ފަރާތްތަކާމެދު ބަދަލު ކުރެވޭ ޚިޔާލުތަކުން އުނގެނުމަށް މަގުފަހިވެއެވެ. އަދި ބޮޑެތިމީހުންނާއި ކުޑަކުދީންގެ އުނގެނުމުގެ ޤާބިލުކަމުގެ ފަރަޤަށް  (ޒޯން އޮފް ޕްރޮކްސިމްލް ޑިވިލޮޕްމަންޓު) މި ތިޔަރީ ރިޢާޔަތް ކުރެއެވެ. އެގޮތުން އަމިއްލައަށް ހައްލު ކުރަން އުނދަގޫ ކަންތައް އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކު ހައްލު ކުރުމުގެ ފުރުޞަތު މި ތިޔަރީ ފަހިކޮށްދެއެވެ. އަދި އުނގަންނައިދެމުންދާއިރު އުދަގޫ އެއްޗެއް އޮޅުންފިލުވައިދޭނަމަ އެހީތެރިވެދޭ ލެވެލް ބަދަލުކުރެވި އެކުދިންގެ ވިސްނުމާއި ދޭހަވާ މިންވަރުގެ ލެވެލަކަށް ބަދަލު ކޮށްގެން ކިޔަވައިދިނުމަށް މި ތިޔަރީ ބާރުއަޅައެވެ.

Comments

Popular posts from this blog

ޕޯސްޓު 2 ( ކޮގްނެޓިވް ލާރނިންގ ތިޔަރީ)

މައުރޫފީ އުނގެނުމުގެ ނަޒަރިއްޔާތު (ކޮގްނެޓިވް ލާރނިންގ ތިޔަރީ) ޖީން ޕިއާޖޭ ތަޢާރަފްކުރައްވާފައިވާ 'ކޮގްނިޓިވް ލާރނިންގ ތިއަރީ' އަކީ އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. މި ތިޔަރީ އެންމެ ބޮޑަށް ބަރޯސާވަނީ ދަރިވަރުގެ ވިސްނުމަށެވެ. މި ތިޔަރީގައި އުނގެނުމުގެ މަފްހޫމް   މާނަކޮށްފައިވަނީ، ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީ ގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމަށެވެ. މިތިއަރީގެ އެއް ވިސްނުމަކީ، ދަރިވަރަށް އުނގެނުމަށް ބާރުއެޅުމުގައި، އަބަދުވެސް ކުރިން އުނގެނި، ދަސްކޮށްފައިވާ، ނުވަތަ އެނގޭ މަޢުލޫމާތަކާ ނުވަތަ ކޮށްފައިވާ ތަޖުރިބާއަކާ ގުޅުވައިލައިގެން ކިޔަވައިދިނުމެވެ. މީގެ ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ.   ޕިޔާޖޭ ގަބޫލު ކުރައްވާގޮތުގައި، ކޮންމެ މީހެއްގެވެސް ވިސްނުމާއި ފިކުރީ ކުރިއެރުންތައް ލިބިގެންދަނީ މައިގަނޑު ހަތަރު މަރުޙަލާއެއް ކަޑައްތު ކުރުމަށް ފަހު

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ އުނގަންނައިދިނުމުގެ ގޮތާއި ފާޑުވެރިކަމަށް ދުވަހެއް ދުވަހަކަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ އެދުރުން މިބަދަލުތަކަށް އަހުލުވެރިވާންޖެހެ އެވެ. މިކަން ކުރެވޭނީ، ތަޙުލީލީ ނަޒަރަކުން "ލާރނިންގް ތިއަރީ" ތަކާމެދު ވިސްނައި ތަޙުލީލުކޮށްގެންނެވެ. އެހެނީ، އުނގެނުން ބިނާވެފައިވަނީ ދަރިވަރު އުނގެނޭގޮތާބެހޭ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ.   މި ނަޒަރިއްޔާތުތަކުގެ ބޭނުން ހިފަންޖެހޭގޮތް ދަރިވަރުންގެ ވިސްނުމާއި އުމުރާއި ކިޔަވައިދޭ އެއްޗެއްގެ ގޮތާއި ބާވަތުން ތަފާތުވެދާނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލެވިފައިވާނީ، ލާރނިންގ ތިއަރީތަކުގެ ތެރެއިން، ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގައިވާ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓުތަކުގެ މައްޗަށް ކަނޑައަޅާފައިވާ ކިޔަވައިދިނުމުގެ ފަލްސަފާއެކެވެ. ތާވަލު 1: (ލާރނިންތިއަރީތަކާއި މި ތިޔަރީތަކުގެ ނިކަމެތި އަދި ވަރުގަދަ ނުކުތާތައް ) ލާރނިންގް ތިޔަރީ ތިއަރީގެ ތަޢ