Skip to main content

ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން



ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން
    ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެކެވެ. ލިބިފައިވާ ތޫނުފިލިކަމާއި ޤާބިލްކަމުގެ ގޮތުން ވެސް ކުލާހެއްގައި ހިމެނޭ ހުރިހާ ކުދީންނަކީ އެއްވަރެއްގެ ކުދި ބައެއްގެ ގޮތުގައި ބެލެވިގެން ނުވާނެއެވެ. އެގޮތުން، ކޮންމެ ކުއްޖަކީވެސް ހެދުންއަޅާގޮތާއި، ޖިންސާއި، އުމުރާއި ޖިސްމާނީ ގާބިލުކަމާއި ޢާއިލީ ވަނަވަރާއި ސިޔާސީ ވިސްނުންތަކާއި އުނގެނޭ  ތަފާތު ގޮތްތަކާއި މިޒާޖާއި އުޅުމާއި ތޫނުފިލިކަމާއި ހުނަރުގެ ރޮގުން ތަފާތުވާހިނދު އުނގަންނައި ދިނުމުގައި މިތަފާތުތަކަށް ރިޢާޔަތް  ކުރަން ޖެހެއެވެ.
   އެގޮތުން ކުލާހެއްގެ ތެރެގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ އުނދަގޫތަކެއް ތަޙައްމަލް ކުރަމުންދާ ކުދިބަޔަކު ތިބެދާނެއެވެ. ހަމަ މި ކުލާހުގައި ސުލޫކީ މައްސަލަތަކެއް ހުރި ކުދި ބަޔަކުވެސް ތިބުން އެކަށީގެންވެއެވެ. މީގެ ތެރެއިން ބައެއް ކުދީންނަކީ ރަނގަޅަށް މުޢާމަލާތް ނުކުރެވޭ ކުދިބަޔަކަށްވެސް ވެދާނެއެވެ. ހަމައެހެންމެ، އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކުދި ބަޔަކުވެސް މިފަދަ ކުލާހަކުން ފެނުމަކީ ދުރުގައިވާ ކަމެއް ނުނެވެ. ސުވާލަކީ މި ހުރިހާ ކުދީންނާމެދު އަމަލު ކުރެވެން ވާނީ ކިހިނެއް ހެއްޔެ؟ ސުލުކީ ގޮތުން ނުރަނގަޅު ސިފަތަކެއް ހުންނަ ކުއްޖަކާ ދިމާއަށް "ތިއީ ވ. ގޯސް ކުއްޖެކޭ" ބުނެވޭ ދަނޑިވަޅުވެސް އާދެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ޙަޤީގަތަކީ މިގޮތަށް ބުނުމަކުން އޭނާގެ ގޯސް ސުލޫކަށް ބަދަލެއް ނާންނާނެ ކަމެވެ. އޭގެ ބަދަލުގައި އެ ކުއްޖަކީ ވަރަށް ގޯސް ކުއްޖެއްކަން އެންމެންވެސް ގަބޫލުކުރާކަން އެ ކުއްޖާއަށް ޔަގީންވެ އެ ގޮތުގައި ދެމިހުރެއެވެ. ނަތީޖާއަކަށް ވެގެންދަނި މިފަދަ ކުދީން މުޖުތަމަޢިން ބޭކާރުވެ، ދިރިއުޅުން މަތިން ފޫހިވެގެން ދިޔުމެވެ.
    މިފަދަ ކުލާހެއްގައި ހިމެނޭ، ނުކުޅެދުންތެރި ކުއްޖަކަށް އެކުއްޖާއަކީ ނުކުޅެދޭ ކުއްޖެއްކަން ވިސްނޭފަދަ ޢިބާރާތުން މުޚާތަބު ކުރުމަކީވެސް އެދެވިގެންވާ ކަމެއް ނޫނެވެ. މިސާލަކަށް ލޮލުގެ ފެނުމުގައި މައްސަލަ ހުންނަ ކުއްޖަކީ "ނުކުޅަދުންތެރި" ކުއްޖެއްގެ ގޮތުގައި ލޭބަލް ކޮށްފިނަމަ މުދައްރިސަށް އެ ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި އެކުއްޖަކު ޚާއްޞަ އެހީ ބޭނުންވަނީ ކޮންކަމަކުންތޯ ދަނެގަނެ، އެކަމަކުން އެހީތެރިވެ، ހުރިހާ ކަމަކުންވެސް އެކުއްޖަކީ ޤާބިލު ކުއްޖެއްކަން އެ ކުއްޖަކަށް ވިސްނޭ ގޮތަށް އެ ކުއްޖަކާ މުޢާމަލާތު ކުރަން ޖެހެއެވެ.
   އެހެންކަމުން، މިފަދަ ކުލާހަކަށް ކިޔަވައިދެއިރު އުޅުމާއި މިޒާޖުގެ ގޮތުން ތަފާތު ކުދީންގެ ކިބައިގައިހުރި އުނި އަދި ރަނގަޅު ސިފަތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމަށް ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ޖެހެއެވެ.

Comments

Popular posts from this blog

ޕޯސްޓު 2 ( ކޮގްނެޓިވް ލާރނިންގ ތިޔަރީ)

މައުރޫފީ އުނގެނުމުގެ ނަޒަރިއްޔާތު (ކޮގްނެޓިވް ލާރނިންގ ތިޔަރީ) ޖީން ޕިއާޖޭ ތަޢާރަފްކުރައްވާފައިވާ 'ކޮގްނިޓިވް ލާރނިންގ ތިއަރީ' އަކީ އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. މި ތިޔަރީ އެންމެ ބޮޑަށް ބަރޯސާވަނީ ދަރިވަރުގެ ވިސްނުމަށެވެ. މި ތިޔަރީގައި އުނގެނުމުގެ މަފްހޫމް   މާނަކޮށްފައިވަނީ، ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީ ގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމަށެވެ. މިތިއަރީގެ އެއް ވިސްނުމަކީ، ދަރިވަރަށް އުނގެނުމަށް ބާރުއެޅުމުގައި، އަބަދުވެސް ކުރިން އުނގެނި، ދަސްކޮށްފައިވާ، ނުވަތަ އެނގޭ މަޢުލޫމާތަކާ ނުވަތަ ކޮށްފައިވާ ތަޖުރިބާއަކާ ގުޅުވައިލައިގެން ކިޔަވައިދިނުމެވެ. މީގެ ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ.   ޕިޔާޖޭ ގަބޫލު ކުރައްވާގޮތުގައި، ކޮންމެ މީހެއްގެވެސް ވިސްނުމާއި ފިކުރީ ކުރިއެރުންތައް ލިބިގެންދަނީ މައިގަނޑު ހަތަރު މަރުޙަލާއެއް ކަޑައްތު ކުރުމަށް ފަހ...

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ އުނގަންނައިދިނުމުގެ ގޮތާއި ފާޑުވެރިކަމަށް ދުވަހެއް ދުވަހަކަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ އެދުރުން މިބަދަލުތަކަށް އަހުލުވެރިވާންޖެހެ އެވެ. މިކަން ކުރެވޭނީ، ތަޙުލީލީ ނަޒަރަކުން "ލާރނިންގް ތިއަރީ" ތަކާމެދު ވިސްނައި ތަޙުލީލުކޮށްގެންނެވެ. އެހެނީ، އުނގެނުން ބިނާވެފައިވަނީ ދަރިވަރު އުނގެނޭގޮތާބެހޭ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ.   މި ނަޒަރިއްޔާތުތަކުގެ ބޭނުން ހިފަންޖެހޭގޮތް ދަރިވަރުންގެ ވިސްނުމާއި އުމުރާއި ކިޔަވައިދޭ އެއްޗެއްގެ ގޮތާއި ބާވަތުން ތަފާތުވެދާނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލެވިފައިވާނީ، ލާރނިންގ ތިއަރީތަކުގެ ތެރެއިން، ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގައިވާ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓުތަކުގެ މައްޗަށް ކަނޑައަޅާފައިވާ ކިޔަވައިދިނުމުގެ ފަލްސަފާއެކެވެ. ތާވަލު 1: (ލާރނިންތިއަރީތަކާއި މި ތިޔަރީތަކުގެ ނިކަމެތި އަދި ވަރުގަދަ ނުކުތާތައް ) ލާރނިންގް ތިޔަރީ ތިއަރީގެ ތަޢ...

ބިނާއީ އުނގެނުމުގެ ނަޒަރިއްޔާތު

ބިނާއީ އުނގެނުމުގެ ނަޒަރިއްޔާތު       ބިނާއީ އުނގެނުމުގެ ނަޒަރިއްޔާތު ނުވަތަ 'ކޮންސްޓްރަކްޓިވިޒަމް' ތިޔަރީއަކީ ކޮގްނެޓިވް އަދި ސޯޝަލް ކޮގްނެޓިވް ތިޔަރީގައި ބަޔާންކުރާ މައިގަނޑު މަސްދަރުތައް އިތުރަށް ތަރައްޤީވެ ޒަމާނީ އުނގެނުމުގެ ނިޒާމަށް ފެތި ބައްޓަންވެގެން ވުޖޫދުވެފައިވާ ތިޔަރީ އެކެވެ. އެގޮތުން މި ތިޔަރީގެ މައިގަނޑު ދެ ގަބޫލު ކުރުމަކީ   އުނގެނެނީ ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި އަދި މިބަދަލުތަކާއެކު ދިރިއުޅޭ މާޙައުލުން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތައް ނުވަތަ އިޖުތިމާޢީ ގުޅުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް ބުރަވާ   ތިޔަރީ އެވެ.     މި ތިޔަރީއަކީ ގިނަކުދިން އެކުގައި މަސައްކަތް ކުރުމަށް ހިތްވަރުދީ އެއްކޮށް އުނގެނުމުގެ ފޯރި ޖެއްސުމަށް ބާރުއަޅާ ތިޔަރީއެކެވެ. އެގޮތުން، މި ތިޔަރީގެ މެދުވެރިކޮށް ފިލާވަޅުތައް ގެންދިޔުމުގައި   ކޯޕަރޭޓިވް ލާނިން މެތަޑްތައް ބޭނުން ރެއެވެ.   މިފަދަ ޙަރަކާތް...