Skip to main content

ޕޯސްޓު 2 ( ކޮގްނެޓިވް ލާރނިންގ ތިޔަރީ)



މައުރޫފީ އުނގެނުމުގެ ނަޒަރިއްޔާތު (ކޮގްނެޓިވް ލާރނިންގ ތިޔަރީ)


ޖީން ޕިއާޖޭ ތަޢާރަފްކުރައްވާފައިވާ 'ކޮގްނިޓިވް ލާރނިންގ ތިއަރީ' އަކީ އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. މި ތިޔަރީ އެންމެ ބޮޑަށް ބަރޯސާވަނީ ދަރިވަރުގެ ވިސްނުމަށެވެ. މި ތިޔަރީގައި އުނގެނުމުގެ މަފްހޫމް  މާނަކޮށްފައިވަނީ، ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމަށެވެ. މިތިއަރީގެ އެއް ވިސްނުމަކީ، ދަރިވަރަށް އުނގެނުމަށް ބާރުއެޅުމުގައި، އަބަދުވެސް ކުރިން އުނގެނި، ދަސްކޮށްފައިވާ، ނުވަތަ އެނގޭ މަޢުލޫމާތަކާ ނުވަތަ ކޮށްފައިވާ ތަޖުރިބާއަކާ ގުޅުވައިލައިގެން ކިޔަވައިދިނުމެވެ. މީގެ ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ.
 
ޕިޔާޖޭ ގަބޫލު ކުރައްވާގޮތުގައި، ކޮންމެ މީހެއްގެވެސް ވިސްނުމާއި ފިކުރީ ކުރިއެރުންތައް ލިބިގެންދަނީ މައިގަނޑު ހަތަރު މަރުޙަލާއެއް ކަޑައްތު ކުރުމަށް ފަހުގައެވެ. އެއީ ޅަފަތުގެ އުމުރު (ސެންސަރީ މޯޓޯ)، ޕްރީ އޮޕަރޭޝަން، ކޮންކްރީޓް އޮޕަރޭޝަނަލް އަދި  ފޯމަލް އޮޕަރޭޝަން އެވެ. ޕިޔާޖޭ ގަބޫލު ކުރައްވާގޮތުގައި މީގެ ކޮންމެ މަރުޙަލާއެއްގައިވެސް ކުދިން ވިސްނަނީ ތަފާތުކޮށެވެ. އެހެންކަމުން ކުދިންގެ ވިސްނުމާ ގުޅޭގޮތަށް ކިޔަވައިދިނުމުގެ ގޮތްތައް ބައްޓަންކުރުމަށް  މި ތިޔަރީ ބާރުއަޅަ އެވެ.

Comments

Popular posts from this blog

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ އުނގަންނައިދިނުމުގެ ގޮތާއި ފާޑުވެރިކަމަށް ދުވަހެއް ދުވަހަކަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ އެދުރުން މިބަދަލުތަކަށް އަހުލުވެރިވާންޖެހެ އެވެ. މިކަން ކުރެވޭނީ، ތަޙުލީލީ ނަޒަރަކުން "ލާރނިންގް ތިއަރީ" ތަކާމެދު ވިސްނައި ތަޙުލީލުކޮށްގެންނެވެ. އެހެނީ، އުނގެނުން ބިނާވެފައިވަނީ ދަރިވަރު އުނގެނޭގޮތާބެހޭ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ.   މި ނަޒަރިއްޔާތުތަކުގެ ބޭނުން ހިފަންޖެހޭގޮތް ދަރިވަރުންގެ ވިސްނުމާއި އުމުރާއި ކިޔަވައިދޭ އެއްޗެއްގެ ގޮތާއި ބާވަތުން ތަފާތުވެދާނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލެވިފައިވާނީ، ލާރނިންގ ތިއަރީތަކުގެ ތެރެއިން، ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގައިވާ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓުތަކުގެ މައްޗަށް ކަނޑައަޅާފައިވާ ކިޔަވައިދިނުމުގެ ފަލްސަފާއެކެވެ. ތާވަލު 1: (ލާރނިންތިއަރީތަކާއި މި ތިޔަރީތަކުގެ ނިކަމެތި އަދި ވަރުގަދަ ނުކުތާތައް ) ލާރނިންގް ތިޔަރީ ތިއަރީގެ ތަޢ...

ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން

ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން     ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެކެވެ. ލިބިފައިވާ ތޫނުފިލިކަމާއި ޤާބިލްކަމުގެ ގޮތުން ވެސް ކުލާހެއްގައި ހިމެނޭ ހުރިހާ ކުދީންނަކީ އެއްވަރެއްގެ ކުދި ބައެއްގެ ގޮތުގައި ބެލެވިގެން ނުވާނެއެވެ. އެގޮތުން، ކޮންމެ ކުއްޖަކީވެސް ހެދުންއަޅާގޮތާއި، ޖިންސާއި، އުމުރާއި ޖިސްމާނީ ގާބިލުކަމާއި ޢާއިލީ ވަނަވަރާއި ސިޔާސީ ވިސްނުންތަކާއި އުނގެނޭ   ތަފާތު ގޮތްތަކާއި މިޒާޖާއި އުޅުމާއި ތޫނުފިލިކަމާއި ހުނަރުގެ ރޮގުން ތަފާތުވާހިނދު އުނގަންނައި ދިނުމުގައި މިތަފާތުތަކަށް ރިޢާޔަތް   ކުރަން ޖެހެއެވެ.    އެގޮތުން ކުލާހެއްގެ ތެރެގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ އުނދަގޫތަކެއް ތަޙައްމަލް ކުރަމުންދާ ކުދިބަޔަކު ތިބެދާނެއެވެ. ހަމަ މި ކުލާހުގައި ސުލޫކީ މައްސަލަތަކެއް ހުރި ކުދި ބަޔަކުވެސް ތިބުން އެކަށީގެންވެއެވެ. މީގެ ތެރެއިން ބައެއް ކުދީންނަކީ ރަނގަޅަށް މުޢާމަލާތް ނުކުރެވޭ ކުދިބަޔަކަށްވެސް ވެދާނެއެވެ. ހަމައެހެންމެ، އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކުދި ބަޔަކުވެސް މިފަދަ ކުލާހަކުން ފެނުމަކީ...