Skip to main content

ސޯޝަލް ކޮގްނެޓިވް ތިޔަރީ




ސޯޝަލް ކޮގްނެޓިވް ތިޔަރީ
     މި ތިޔަރީގެ ބާނީ އަކީ ލެވް ވައިގޮޓްސްކީ (1896-1934) އެވެ. ދިރިއުޅޭ މާޙައުލުން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތަކާއި  އިޖުތިމާޢީގުޅުމުގެ ތެރެއިން  ދަސްވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެން ދަރިވަރުން އުނގެނޭ ކަމަށް މި ތިޔަރީ ބުރަވެއެވެ. މިސާލަކަށް ހެދުން ވިޔާތަން އަބަދާ އަބަދު ފެންނަ މުޖުތަމަޢެއްގައި ބޮޑުވާ ކުއްޖަކު، އެކަމުގެ  ހުންރާއި ގާބިލުކަން ހޯދުމަށް މީހަކު އޭނާއަށް ކިޔައިދީ ބުނެދޭކަށް ނުޖެހެއެވެ. މި ހުނަރު އޭނާ ދަސްކުރާނީ އެއަށްވުރެ ބޮޑެތި މީހުން އެކަން ކުރާގޮތް ބަލައި އެކަން ތަޖުރިބާކޮށްގެންނެވެ.
  އެހެންކަމުން މި ތިޔަރީގައި ގަބޫލު ކުރުމަކީ އުނގެނުމުގައި  "އެކްސްޓާރނަލް ފެކްޓާރސް" ތައް އަދާކޮށްދޭ ދައުރު މުހިންމެވެ. މިފަދަ "ފެކްޓާރސް" ތަކުގެ ތެރޭގައި ހިމެނެނީ އިޖުތިމާޢީ ކަންތައްތައް (ސޯޝަލް ފެކްޓާރސް)، މުޖުތަމަޢުތައް (ކޮމިޔުނިޓީޒް)، ގުޅުންތައް (ނެޓްވާރކްސް)، ބައިވެރިވުން (ޕާރޓިޗިޕޭޝަން)، ޙާލަތު (ކޮންޓެކްސްޓް)، އެކުވުން (ކޮލަބްރޭޝަން)، ޘަގާފަތް (ކަލްޗާރ) ފަދަ ކަންތައްތަކެވެ.
   މި ބައިތަކުން އެނގިހާމަވެގެންދާ ގޮތުގައި ވިސްނުން ތަރައްޤީ ވުމުގައި އިޖުތިމާޢީ ގުޅުންތައް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި އުނގެނުމާއި ވިސްނުމުގެ ހަމަތައް ބިނާވެފައިވަނީ އެހެންމީހުންނާ އޮންނަ ގުޅުންތަކުގެ މައްޗަށެވެ. އަދި މުދައްރިސުންނާއި ލަފާދޭމީހުންނާއި ޢިލްމީ ފަރާތްތަކާމެދު ބަދަލު ކުރެވޭ ޚިޔާލުތަކުން އުނގެނުމަށް މަގުފަހިވެއެވެ. އަދި ބޮޑެތިމީހުންނާއި ކުޑަކުދީންގެ އުނގެނުމުގެ ޤާބިލުކަމުގެ ފަރަޤަށް  (ޒޯން އޮފް ޕްރޮކްސިމްލް ޑިވިލޮޕްމަންޓު) މި ތިޔަރީ ރިޢާޔަތް ކުރެއެވެ. އެގޮތުން އަމިއްލައަށް ހައްލު ކުރަން އުނދަގޫ ކަންތައް އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކު ހައްލު ކުރުމުގެ ފުރުޞަތު މި ތިޔަރީ ފަހިކޮށްދެއެވެ. އަދި އުނގަންނައިދެމުންދާއިރު އުދަގޫ އެއްޗެއް އޮޅުންފިލުވައިދޭނަމަ އެހީތެރިވެދޭ ލެވެލް ބަދަލުކުރެވި އެކުދިންގެ ވިސްނުމާއި ދޭހަވާ މިންވަރުގެ ލެވެލަކަށް ބަދަލު ކޮށްގެން ކިޔަވައިދިނުމަށް މި ތިޔަރީ ބާރުއަޅައެވެ.

Comments