Skip to main content

މޯޓިވޭޝަން ނުވަތަ ޝައުޤުވެރި ކުރުވުމުގެ ނަޒަރިއްޔާތު



މޯޓިވޭޝަން ނުވަތަ ޝައުޤުވެރި ކުރުވުމުގެ ނަޒަރިއްޔާތު
     މި ނަޒަރިއްޔާތުގެ މައިގަނޑު ގަބޫލު ކުރުމަކީ ސަމާލުކަން ހޯދޭނެ ނުވަތަ ޝައުގުވެރިވާނޭ ގޮތްތަކަށް ބަރޯސާ ކޮށްގެން އުނގަންނައިދިނުމެވެ. އެގޮތުން، ދެ ވައްތަރެއްގެ ޝައުޤުވެރިކަން އިންސާނާގެ ފިތުރަތުގައި ހިމެނޭ ކަމަށް މި ނަޒަރިއްޔާގައި ބަޔާން ކުރެއެވެ. އެއީ އިންޓްރިންސިކް މޯޓިވޭޝަން އަދި އެކްސްޓްރިންސިކް މޯޓިވޭޝަން އެވެ.  
    އިންޓްރިންސިކް މޯޓިވޭޝަންއަކީ ފަރުދީގޮތުން ކޮންމެ މީހެއްގެ އެތެރޭގެ ބޭނުންތަކަށް މައްޗަށް ބިނާވެފައިވާ ޝައުޤުވެރިކަމެވެ. ކަންކަމުގައި މިފަދަ ޝައުޤުވެރިކަމެއް އުފެދިއްޖެނަމަ އެކަމެއް ކުރުމުގައި އެމީހަކަށް ލިބިދާނެ ރީތި ނަމަކަށް ނުވަތަ ހޯދިދާނެ ކާމިޔާބީއަކަށް، އިނާމަކަށް މާބޮޑު ސަމާލުކަމެއް ނުދެނެއެވެ. އެހެނީ މިފަދަ ކަންކަން އެމީހަކު ކުރާނީ އަމިއްލައަށް ބޭނުންވެގެން އެމީހަކު އެކަމަކަށް ހިތްއެދޭތީއެވެ. މިސާލަކަށް ދޫނިގެންގުޅުމަށް ޝައުޤުވެރިވާމީހަކު، އެއަށް ކާންދީ، ބަލަހައްޓައި އޭގެ ހުރިހާ ކަމެއް ކޮށްދިނުމުގައި ވަގުތު ހޭދަކުރާނީ އެކަމެއްގެ ސަބަބުން އޭނާއަށް ލިބިދާނެ "ރިވާޑަކަށް" ނޫނެވެ. އެކަމެއްގެ ސަބަބުން އޭނާގެ ނަފްސަށް ލިބިގެންދާ ހިތްހަމަޖެހުމަކަށެވެ.
    ޝައުޤުވެރިކަމުގެ ނަޒަރިއްޔާތުގެ ދެވަނަ ވައްތަރަކީ ޙާލަތަކާ ގުޅިފައިވާ ޝައުޤުވެރިކަން ނުވަތަ އެކްސްޓްރިންސިކް މޯޓިވޭޝަނެވެ. މިފަދަ ޝައުޤުވެރިކަން ބޮޑަށް މާނަކުރެވެނީ އިނާމެއް ، ތަރުޙީބެއް ، ނުވަތަ މިފަދަ ކޮންމެވެސް އެއްޗެއްގެ ބޭނުމުގައި ކަމަކަށް ޝަޢުޤުވެރިވުމަށެވެ. މިސާލަކަށް ދަރިވަރަކު ފުރިހަމައަށް  ބަރާބަރަށް ފިލާވަޅު ނިންމަނީ މުދައްރިސްގެ ފަރާތުން ލިބޭ ތަރުޙީބަށްޓަކައި ކަމަށް ވާނަމަ މި ޙާލަތުގައި ދަރިވަރު އެކަމަކަށް ޝައުޤުވެރިވަނީ ވަކިކަމެއް ލިބިގަތުމުގެ ބޭނުމުގައެވެ.

Comments

  1. މި ލިޔުމުގައި މާޖިދާ ހުށަހަޅާފައިވަނީ ވ. ރަނގަޅު ޚިޔާލުތަކެކެވެ. މާޖިދާ ލިޔުއްވާފައިވާ ފަދައިން ކްލާސްރޫމެއްގައި ތަފާތު ފެންވަރުގެ ތަފާތު މިޒާޖުތަކުގެ ކުދިން ތިބޭނެއެވެ. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ހަމައެހެންމެ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަކުދިންވެސް އަޅުގަނޑުމެންގެ ކްލާހުގައި އުޅެމުން އެބަދެއެވެ. އެހެންކަމުން އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރުވާންޖެހޭނީ އެކުދިންނާ، އަދި އެކުދިންގެ ބޭނުންތަކާ އިޙްސާސްތައް ރަނގަޅަށް އެނގޭމީހަކަށެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ ތަފާތު ސްޓްރެޓަޖީތައް ބޭނުންކޮށްގެން، އެންމެ އެކަށީގެންވާގޮތަކަށް އެކުދިންނަށް އެހީތެރިވެވޭނޭވަރުގެ މީހަކަށެވެ.
    ހަމައެހެންމެ ތަފާތު މާޙައުލުތަކުން އަންނަ ކުދިންގެ ތަފާތު މިޒާޖުތަކާ ތަފާތު އުޅުން ހުންނާނެކަންވެސް ޤަބޫލުކުރަންޖެހެއެވެ. އެހެނީ މިއަދު އަޅުގަނޑުމެންގެ ތޮއްޖެހިފައިމިވާ މުޖުތަމަޢުގައި ހުރި ނޭދެވޭ ސިފަތައް ހަމަ އަޅުގަނޑުމެންގެ ކްލާސްތަކުގައި އުނގެނެމުންދާ ދަރިވަރުންގެ ކިބައިގައިވެސް ހުންނާނެކަން ޤަބޫލުކުރެވޭތީއެވެ. އެހެންކަމުން މިފަދަ ކުދިންގެ އުޅުން އިޞްލާހުކުރެވޭނޭގޮތަށް އެކުދިންނަށް ހިތްވަރު ދީ ކުދިންނަށް އެހީތެރިވެދީގެން އެކުދިންގެ އެ ނުރަނގަޅު ސުލޫކު ބަދަލުކުރަންޖެހެއެވެ. ސަބަބަކީ ކްލާހުގައި ހަލަބޮލި "ބަސްމަގު ހުތުރު" ކުދިންނަކީވެސް ދަރިވަރުންތަކަކަށް ވުމާއެކު އެފަދަ ދަރިވަރުންނަށް ރަނގަޅުގޮތްތައް އެނގި އެކަށީގެންވާ ގޮތެއްގައި ކިޔެވިއްޖެނަމަ މުޖުތަމަޢަށް ފައިދާ ހުރި ކުދިންތަކަކަށް ވެގެންދާނެތީއެވެ. އެހެންކަމުން މާޖިދާ ޙަސަންގެ މި ލިޔުމަކީ މުދައްރިސުންނަށް ވަރަށް ބޭނުންތެރި ޚިޔާލުތަކެއްގެ ގޮތުގައި ފާހަގަވެއެވެ.

    ReplyDelete
  2. ވަރަށް ބޮޑަށް ޝުކުރިއްޔާ އާމިނަތު

    ReplyDelete

Post a Comment

Popular posts from this blog

ޕޯސްޓު 2 ( ކޮގްނެޓިވް ލާރނިންގ ތިޔަރީ)

މައުރޫފީ އުނގެނުމުގެ ނަޒަރިއްޔާތު (ކޮގްނެޓިވް ލާރނިންގ ތިޔަރީ) ޖީން ޕިއާޖޭ ތަޢާރަފްކުރައްވާފައިވާ 'ކޮގްނިޓިވް ލާރނިންގ ތިއަރީ' އަކީ އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. މި ތިޔަރީ އެންމެ ބޮޑަށް ބަރޯސާވަނީ ދަރިވަރުގެ ވިސްނުމަށެވެ. މި ތިޔަރީގައި އުނގެނުމުގެ މަފްހޫމް   މާނަކޮށްފައިވަނީ، ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީ ގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމަށެވެ. މިތިއަރީގެ އެއް ވިސްނުމަކީ، ދަރިވަރަށް އުނގެނުމަށް ބާރުއެޅުމުގައި، އަބަދުވެސް ކުރިން އުނގެނި، ދަސްކޮށްފައިވާ، ނުވަތަ އެނގޭ މަޢުލޫމާތަކާ ނުވަތަ ކޮށްފައިވާ ތަޖުރިބާއަކާ ގުޅުވައިލައިގެން ކިޔަވައިދިނުމެވެ. މީގެ ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ.   ޕިޔާޖޭ ގަބޫލު ކުރައްވާގޮތުގައި، ކޮންމެ މީހެއްގެވެސް ވިސްނުމާއި ފިކުރީ ކުރިއެރުންތައް ލިބިގެންދަނީ މައިގަނޑު ހަތަރު މަރުޙަލާއެއް ކަޑައްތު ކުރުމަށް ފަހ...

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ އުނގަންނައިދިނުމުގެ ގޮތާއި ފާޑުވެރިކަމަށް ދުވަހެއް ދުވަހަކަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ އެދުރުން މިބަދަލުތަކަށް އަހުލުވެރިވާންޖެހެ އެވެ. މިކަން ކުރެވޭނީ، ތަޙުލީލީ ނަޒަރަކުން "ލާރނިންގް ތިއަރީ" ތަކާމެދު ވިސްނައި ތަޙުލީލުކޮށްގެންނެވެ. އެހެނީ، އުނގެނުން ބިނާވެފައިވަނީ ދަރިވަރު އުނގެނޭގޮތާބެހޭ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ.   މި ނަޒަރިއްޔާތުތަކުގެ ބޭނުން ހިފަންޖެހޭގޮތް ދަރިވަރުންގެ ވިސްނުމާއި އުމުރާއި ކިޔަވައިދޭ އެއްޗެއްގެ ގޮތާއި ބާވަތުން ތަފާތުވެދާނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލެވިފައިވާނީ، ލާރނިންގ ތިއަރީތަކުގެ ތެރެއިން، ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގައިވާ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓުތަކުގެ މައްޗަށް ކަނޑައަޅާފައިވާ ކިޔަވައިދިނުމުގެ ފަލްސަފާއެކެވެ. ތާވަލު 1: (ލާރނިންތިއަރީތަކާއި މި ތިޔަރީތަކުގެ ނިކަމެތި އަދި ވަރުގަދަ ނުކުތާތައް ) ލާރނިންގް ތިޔަރީ ތިއަރީގެ ތަޢ...

ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން

ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން     ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެކެވެ. ލިބިފައިވާ ތޫނުފިލިކަމާއި ޤާބިލްކަމުގެ ގޮތުން ވެސް ކުލާހެއްގައި ހިމެނޭ ހުރިހާ ކުދީންނަކީ އެއްވަރެއްގެ ކުދި ބައެއްގެ ގޮތުގައި ބެލެވިގެން ނުވާނެއެވެ. އެގޮތުން، ކޮންމެ ކުއްޖަކީވެސް ހެދުންއަޅާގޮތާއި، ޖިންސާއި، އުމުރާއި ޖިސްމާނީ ގާބިލުކަމާއި ޢާއިލީ ވަނަވަރާއި ސިޔާސީ ވިސްނުންތަކާއި އުނގެނޭ   ތަފާތު ގޮތްތަކާއި މިޒާޖާއި އުޅުމާއި ތޫނުފިލިކަމާއި ހުނަރުގެ ރޮގުން ތަފާތުވާހިނދު އުނގަންނައި ދިނުމުގައި މިތަފާތުތަކަށް ރިޢާޔަތް   ކުރަން ޖެހެއެވެ.    އެގޮތުން ކުލާހެއްގެ ތެރެގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ އުނދަގޫތަކެއް ތަޙައްމަލް ކުރަމުންދާ ކުދިބަޔަކު ތިބެދާނެއެވެ. ހަމަ މި ކުލާހުގައި ސުލޫކީ މައްސަލަތަކެއް ހުރި ކުދި ބަޔަކުވެސް ތިބުން އެކަށީގެންވެއެވެ. މީގެ ތެރެއިން ބައެއް ކުދީންނަކީ ރަނގަޅަށް މުޢާމަލާތް ނުކުރެވޭ ކުދިބަޔަކަށްވެސް ވެދާނެއެވެ. ހަމައެހެންމެ، އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކުދި ބަޔަކުވެސް މިފަދަ ކުލާހަކުން ފެނުމަކީ...