Skip to main content

ޕޯސްޓް 1



މި ނަޒަރިއްޔާތުގެ މޭސްތެރީންނަކީ ބީ.އެފް. ސްކްނިރ (B.F. Skinner) އަދި އިވަން ޕަވްލޯވް (Ivan Pavlov) ފަދަ ބިހޭވިއަރިސްޓުންނެވެ. މި ނަޒަރިއްޔާތުގެ މައިގަނޑު ގަބޫލުކުރުމަކީ ކުއްޖާ އުނގެނެނީ ކުއްޖާގެ ސުލޫކަށް (behavior)  ނުވަތަ އުޅުމަށް އަންނަ ދާއިމީ ބަދަލެއްގެ ސަބަބުންނެވެ. ކުއްޖާއަށް މި ބަދަލު އަންނަން މެދުވެރިވަނީ، ކުއްޖާ އުޅޭ މާހައުލުން  ނުވަތަ އެހެނިހެން ފަރާތްތަކުން އެ ކުއްޖަކަށް އުނގެނުމާ ގުޅޭގޮތުން ލިބެމުންދާ ހިތްވަރާއި ތަރުހީބެވެ ނުވަތަ ރިއިންފޯރސްމެންޓެވެ. މީގެ ސަބަބުން ކުއްޖާގެ އުޅުން ވަކި ގޮތަކަށް ވަކިގޮތަކަށް ބައްޓަން (Condition) ކުރެވެއެވެ.
މި ނަޒަރިއްޔާތު އެއް ތަޙުލީލަކީ، ކުއްތާއެއް ވަކި ގޮތަކަށް ހޭނެވުމުގައި (ކޮންޑިޝަންކުރުމުގައި) ތަޖުރިބާކުރި ގޮތެވެ. އެއީ ސްޓިމިއުލަސް (ވަކިކަމަކަށް)-  ރެސްޕޯންސް (ރައްދު )-  ރީއިންފޯސްމެންޓު (ހިތްވަރު/ ތަރުޙީބު)  އުޞޫލެވެ. މި ކުއްތާ ވަކި ގޮތަކަށް ކޮންޑިޝަން ކުރުމުގައި 3 މަރުޙަލާއެއް ކަޑައްތުކޮށްފައިވެއެވެ. އެއީ ކޮންޑިޝަން ކުރުމުގެ ކުރި (Before conditioning)، ކޮންޑިޝަން ކުރުމުގެތެރެ (During conditioning)، އަދި ކޮންޑިޝަން ކުރުމުގެ ފަސް (After conditioning)  އެވެ.
ފުރަތަމަ މަރުޙަލާގައި ކުއްތާއަށް ކާއެއްޗެއް ދެއްކުމުން ކުޅުދިޔާވެއެވެ. މިއީ ކުއްތާ ވަކި ގޮތަކަށް ބައްޓަން ކޮށްގެން ނުވަތަ ހާނުވައިގެން ކުރި ކަމަކަށް ނުވާތީވެ، މި ޙާލަތުގައި ކާއެއްޗެހިވާނީ އަންކޮޑިޝަންޑް ސްޓިމިއުލަސް އަކަށެވެ. އަދި ކުއްތާގެ ކުޅުދިޔާވުން ބެލެވިގެންދަނީ އަންކޮންޑިޝަންޑް ރެސްޕޯންސްއަކަށެވެ.
ހަމަ މި މަރުހަލާގައި އުލެއް ތަޅުވާލުމުން ކުއްތާގެ ހަރަކާތަށް އަންނަ ބަދަލު ބެލުނެވެ. ނަމަވެސް ކާއެއްޗެހި ފެނުމުން ކުއްތާ ރެސްޕޯންސް ކުރި ގޮތަށް ކުއްތާ މި ޙާލަތުގައި ރެސްޕޯންސެއް ނުކުރެއެވެ.
ދެވަނަ މަރުޙަލާ ނުވަތަ ކޮންޑިޝަން ކުރުމުގެ ތެރޭގައި ކާއެއްޗެހި ދައްކާ ކޮންމެ ފަހަރަކު އުލެއް ތަޅުވާލާ އަޑު ކުއްތާއަށް އިއްވެއެވެ. މި ޙާލަތުގައި، ކުއްތާ ކުޅުދިޔާވެއެވެ. މި މަރުޙަލާގައި އުލުގެ އަޑަކީ ކާއެއްޗެހި ލިބުމުގެ ސިގްނަލެއްކަން އެސޮރު ދަސްކުރެއެވެ. އަދި މިގޮތަށް އާދަވެއެވެ.
ތިންވަނަ މަރުޙަލާގައި ކުއްތާއަށް އިއްވެނީ ހަމައެކަނި އުލެއް ތަޅުވާލުމުގެ އަޑެވެ. މި އަޑާއެކު ކުއްތާ ކުޅުދިޔާވެއެވެ. ކުއްތާގެ ކުޅުދިޔާވުން މިފަހަރު ބެލެވިގެންދިޔައީ ކޮންޑިޝަންޑް ރެސްޕޯންސް އަކަށެވެ. އެހެނީ، މިބަދަލު އައީ ވަކިގޮތަކަށް ކުއްތާ ހާނައި، ބައްޓަންކުރުމުންނެވެ.
ދަރިވަރުންގެ ކިބައިން ފެންނަ ބައެއް ސުލޫކުތަކަށް ބަދަލު ގެނައުމުގައި މި ތިޔަރީގެ ބޭނުން ހިފިދާނެއެވެ. އެގޮތުން ދަރިވަރުންގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކަށް ތަރުޙީބުދީގެން ދަރިވަރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމަށް މިތިޔަރީގައި ބަޔާން ކުރެއެވެ. އެހެނީ، ތަކުރާރުކޮށް ކަމަކަށް އިރުޝާދުދީ، ރަނގަޅުގޮތް ބުނެދޭނަމަ އެކަމަކަށް، ދަރިވަރުން ހޭނި އެއުޅުން ދަރިވަރުންގެ ކިބައިން ފެނިގެންދާނެ ކަމީ މިތިޔަރީގެ އެންމެ އިސް ގަބޫލު ކުރުމެވެ. މި ބަދަލުތައް ގެނެވެނީ ދަރިވަރުންނަށް ދެވޭ ތަރުޙީބާއި އަދަބުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން، މި ތިޔަރީއަކީ ކުލާހުގެ ވެށިން މުދައްރިސުންނަށް ކުރިމަތިވާ ބެއެއް ގޮންޖެހުންތަކަށް ހައްލެކެވެ. އަދި ދަރިވަރުން އަހުލުވެރި ނޫން ބައެއް ހުނަރުތައް އެކުދިންގެ ކިބައިގައި އަށަގެންނެވުމުގައިވެސް މި ތިޔަރީގެ އެހީތެރިކަން ހޯދިދާނެއެވެ.    

Comments

Popular posts from this blog

ޕޯސްޓު 2 ( ކޮގްނެޓިވް ލާރނިންގ ތިޔަރީ)

މައުރޫފީ އުނގެނުމުގެ ނަޒަރިއްޔާތު (ކޮގްނެޓިވް ލާރނިންގ ތިޔަރީ) ޖީން ޕިއާޖޭ ތަޢާރަފްކުރައްވާފައިވާ 'ކޮގްނިޓިވް ލާރނިންގ ތިއަރީ' އަކީ އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. މި ތިޔަރީ އެންމެ ބޮޑަށް ބަރޯސާވަނީ ދަރިވަރުގެ ވިސްނުމަށެވެ. މި ތިޔަރީގައި އުނގެނުމުގެ މަފްހޫމް   މާނަކޮށްފައިވަނީ، ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީ ގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމަށެވެ. މިތިއަރީގެ އެއް ވިސްނުމަކީ، ދަރިވަރަށް އުނގެނުމަށް ބާރުއެޅުމުގައި، އަބަދުވެސް ކުރިން އުނގެނި، ދަސްކޮށްފައިވާ، ނުވަތަ އެނގޭ މަޢުލޫމާތަކާ ނުވަތަ ކޮށްފައިވާ ތަޖުރިބާއަކާ ގުޅުވައިލައިގެން ކިޔަވައިދިނުމެވެ. މީގެ ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ.   ޕިޔާޖޭ ގަބޫލު ކުރައްވާގޮތުގައި، ކޮންމެ މީހެއްގެވެސް ވިސްނުމާއި ފިކުރީ ކުރިއެރުންތައް ލިބިގެންދަނީ މައިގަނޑު ހަތަރު މަރުޙަލާއެއް ކަޑައްތު ކުރުމަށް ފަހ...

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ އުނގަންނައިދިނުމުގެ ގޮތާއި ފާޑުވެރިކަމަށް ދުވަހެއް ދުވަހަކަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ އެދުރުން މިބަދަލުތަކަށް އަހުލުވެރިވާންޖެހެ އެވެ. މިކަން ކުރެވޭނީ، ތަޙުލީލީ ނަޒަރަކުން "ލާރނިންގް ތިއަރީ" ތަކާމެދު ވިސްނައި ތަޙުލީލުކޮށްގެންނެވެ. އެހެނީ، އުނގެނުން ބިނާވެފައިވަނީ ދަރިވަރު އުނގެނޭގޮތާބެހޭ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ.   މި ނަޒަރިއްޔާތުތަކުގެ ބޭނުން ހިފަންޖެހޭގޮތް ދަރިވަރުންގެ ވިސްނުމާއި އުމުރާއި ކިޔަވައިދޭ އެއްޗެއްގެ ގޮތާއި ބާވަތުން ތަފާތުވެދާނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލެވިފައިވާނީ، ލާރނިންގ ތިއަރީތަކުގެ ތެރެއިން، ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގައިވާ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓުތަކުގެ މައްޗަށް ކަނޑައަޅާފައިވާ ކިޔަވައިދިނުމުގެ ފަލްސަފާއެކެވެ. ތާވަލު 1: (ލާރނިންތިއަރީތަކާއި މި ތިޔަރީތަކުގެ ނިކަމެތި އަދި ވަރުގަދަ ނުކުތާތައް ) ލާރނިންގް ތިޔަރީ ތިއަރީގެ ތަޢ...

ބިނާއީ އުނގެނުމުގެ ނަޒަރިއްޔާތު

ބިނާއީ އުނގެނުމުގެ ނަޒަރިއްޔާތު       ބިނާއީ އުނގެނުމުގެ ނަޒަރިއްޔާތު ނުވަތަ 'ކޮންސްޓްރަކްޓިވިޒަމް' ތިޔަރީއަކީ ކޮގްނެޓިވް އަދި ސޯޝަލް ކޮގްނެޓިވް ތިޔަރީގައި ބަޔާންކުރާ މައިގަނޑު މަސްދަރުތައް އިތުރަށް ތަރައްޤީވެ ޒަމާނީ އުނގެނުމުގެ ނިޒާމަށް ފެތި ބައްޓަންވެގެން ވުޖޫދުވެފައިވާ ތިޔަރީ އެކެވެ. އެގޮތުން މި ތިޔަރީގެ މައިގަނޑު ދެ ގަބޫލު ކުރުމަކީ   އުނގެނެނީ ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި އަދި މިބަދަލުތަކާއެކު ދިރިއުޅޭ މާޙައުލުން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތައް ނުވަތަ އިޖުތިމާޢީ ގުޅުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް ބުރަވާ   ތިޔަރީ އެވެ.     މި ތިޔަރީއަކީ ގިނަކުދިން އެކުގައި މަސައްކަތް ކުރުމަށް ހިތްވަރުދީ އެއްކޮށް އުނގެނުމުގެ ފޯރި ޖެއްސުމަށް ބާރުއަޅާ ތިޔަރީއެކެވެ. އެގޮތުން، މި ތިޔަރީގެ މެދުވެރިކޮށް ފިލާވަޅުތައް ގެންދިޔުމުގައި   ކޯޕަރޭޓިވް ލާނިން މެތަޑްތައް ބޭނުން ރެއެވެ.   މިފަދަ ޙަރަކާތް...