Skip to main content

ޕޯސްޓް 1



ބަސް އުނގެނުމުގެ ނަޒަރިއްޔާތު 1
ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތު (Behavioral Learning Theory)
މި ނަޒަރިއްޔާތުގެ މޭސްތެރީންނަކީ ބީ.އެފް. ސްކްނިރ (B.F. Skinner) އަދި އިވަން ޕަވްލޯވް (Ivan Pavlov) ފަދަ ބިހޭވިއަރިސްޓުންނެވެ. މި ނަޒަރިއްޔާތުގެ މައިގަނޑު ގަބޫލުކުރުމަކީ ކުއްޖާ އުނގެނެނީ ކުއްޖާގެ ސުލޫކަށް (behavior)  ނުވަތަ އުޅުމަށް އަންނަ ދާއިމީ ބަދަލެއްގެ ސަބަބުންނެވެ. ކުއްޖާއަށް މި ބަދަލު އަންނަން މެދުވެރިވަނީ، ކުއްޖާ އުޅޭ މާހައުލުން  ނުވަތަ އެހެނިހެން ފަރާތްތަކުން އެ ކުއްޖަކަށް އުނގެނުމާ ގުޅޭގޮތުން ލިބެމުންދާ ހިތްވަރާއި ތަރުހީބެވެ ނުވަތަ ރިއިންފޯރސްމެންޓެވެ. މީގެ ސަބަބުން ކުއްޖާގެ އުޅުން ވަކި ގޮތަކަށް ވަކިގޮތަކަށް ބައްޓަން (Condition) ކުރެވެއެވެ.
މި ނަޒަރިއްޔާތު ވުޖޫދުވުމުގެ އަސްލު ގުޅިފައިވަނީ، ކުއްތާއެއް ވަކި ގޮތަކަށް ހާނެވުމުގައި (ކޮންޑިޝަންކުރުމުގައި) ތަޖުރިބާކުރި ގޮތުގެ މައްޗަށެވެ. އެއީ ސްޓިމިއުލަސް (ވަކިކަމަކަށް)-  ރެސްޕޯންސް (ރައްދު )-  ރީއިންފޯސްމެންޓު (ހިތްވަރު/ ތަރުޙީބު)  އުޞޫލެވެ. މި ކުއްތާ ވަކި ގޮތަކަށް ކޮންޑިޝަން ކުރުމުގައި 3 މަރުޙަލާއެއް ކަޑައްތުކޮށްފައިވެއެވެ. އެއީ ކޮންޑިޝަން ކުރުމުގެ ކުރި (Before conditioning)، ކޮންޑިޝަން ކުރުމުގެތެރެ (During conditioning)، އަދި ކޮންޑިޝަން ކުރުމުގެ ފަސް (After conditioning)  އެވެ.
ފުރަތަމަ މަރުޙަލާގައި ކުއްތާއަށް ކާއެއްޗެއް ދެއްކުމުން ކުޅުދިޔާވެއެވެ. މިއީ ކުއްތާ ވަކި ގޮތަކަށް ބައްޓަން ކޮށްގެން ނުވަތަ ހާނުވައިގެން ކުރި ކަމަކަށް ނުވާތީވެ، މި ޙާލަތުގައި ކާއެއްޗެހިވާނީ އަންކޮޑިޝަންޑް ސްޓިމިއުލަސް އަކަށެވެ. އަދި ކުއްތާގެ ކުޅުދިޔާވުން ބެލެވިގެންދަނީ އަންކޮންޑިޝަންޑް ރެސްޕޯންސްއަކަށެވެ.
ހަމަ މި މަރުހަލާގައި އުލެއް ތަޅުވާލުމުން ކުއްތާގެ ހަރަކާތަށް އަންނަ ބަދަލު ބެލުނެވެ. ނަމަވެސް ކާއެއްޗެހި ފެނުމުން ކުއްތާ ރެސްޕޯންސް ކުރި ގޮތަށް ކުއްތާ މި ޙާލަތުގައި ރެސްޕޯންސެއް ނުކުރެއެވެ.
ދެވަނަ މަރުޙަލާ ނުވަތަ ކޮންޑިޝަން ކުރުމުގެ ތެރޭގައި ކާއެއްޗެހި ދައްކާ ކޮންމެ ފަހަރަކު އުލެއް ތަޅުވާލާ އަޑު ކުއްތާއަށް އިއްވެއެވެ. މި ޙާލަތުގައި، ކުއްތާ ކުޅުދިޔާވެއެވެ. މި މަރުޙަލާގައި އުލުގެ އަޑަކީ ކާއެއްޗެހި ލިބުމުގެ ސިގްނަލެއްކަން އެސޮރު ދަސްކުރެއެވެ. އަދި މިގޮތަށް އާދަވެއެވެ.
ތިންވަނަ މަރުޙަލާގައި ކުއްތާއަށް އިއްވެނީ ހަމައެކަނި އުލެއް ތަޅުވާލުމުގެ އަޑެވެ. މި އަޑާއެކު ކުއްތާ ކުޅުދިޔާވެއެވެ. ކުއްތާގެ ކުޅުދިޔާވުން މިފަހަރު ބެލެވިގެންދިޔައީ ކޮންޑިޝަންޑް ރެސްޕޯންސް އަކަށެވެ. އެހެނީ، މިބަދަލު އައީ ވަކިގޮތަކަށް ކުއްތާ ހާނައި، ބައްޓަންކުރުމުންނެވެ.

Comments

  1. Gambling Commission - The Filmfile Europe
    A review of Gambling Commission, founded in 2004 by 우회 사이트 Mr Green, who heads 금융 거래 정보 제공 사실 통보서 the gambling company. A full review of Gambling 프로토 Commission 먹튀사이트 조회 and what it's 스포츠 토토 배당률

    ReplyDelete

Post a Comment

Popular posts from this blog

ޕޯސްޓު 2 ( ކޮގްނެޓިވް ލާރނިންގ ތިޔަރީ)

މައުރޫފީ އުނގެނުމުގެ ނަޒަރިއްޔާތު (ކޮގްނެޓިވް ލާރނިންގ ތިޔަރީ) ޖީން ޕިއާޖޭ ތަޢާރަފްކުރައްވާފައިވާ 'ކޮގްނިޓިވް ލާރނިންގ ތިއަރީ' އަކީ އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. މި ތިޔަރީ އެންމެ ބޮޑަށް ބަރޯސާވަނީ ދަރިވަރުގެ ވިސްނުމަށެވެ. މި ތިޔަރީގައި އުނގެނުމުގެ މަފްހޫމް   މާނަކޮށްފައިވަނީ، ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީ ގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމަށެވެ. މިތިއަރީގެ އެއް ވިސްނުމަކީ، ދަރިވަރަށް އުނގެނުމަށް ބާރުއެޅުމުގައި، އަބަދުވެސް ކުރިން އުނގެނި، ދަސްކޮށްފައިވާ، ނުވަތަ އެނގޭ މަޢުލޫމާތަކާ ނުވަތަ ކޮށްފައިވާ ތަޖުރިބާއަކާ ގުޅުވައިލައިގެން ކިޔަވައިދިނުމެވެ. މީގެ ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ.   ޕިޔާޖޭ ގަބޫލު ކުރައްވާގޮތުގައި، ކޮންމެ މީހެއްގެވެސް ވިސްނުމާއި ފިކުރީ ކުރިއެރުންތައް ލިބިގެންދަނީ މައިގަނޑު ހަތަރު މަރުޙަލާއެއް ކަޑައްތު ކުރުމަށް ފަހ...

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ އުނގަންނައިދިނުމުގެ ގޮތާއި ފާޑުވެރިކަމަށް ދުވަހެއް ދުވަހަކަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ އެދުރުން މިބަދަލުތަކަށް އަހުލުވެރިވާންޖެހެ އެވެ. މިކަން ކުރެވޭނީ، ތަޙުލީލީ ނަޒަރަކުން "ލާރނިންގް ތިއަރީ" ތަކާމެދު ވިސްނައި ތަޙުލީލުކޮށްގެންނެވެ. އެހެނީ، އުނގެނުން ބިނާވެފައިވަނީ ދަރިވަރު އުނގެނޭގޮތާބެހޭ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ.   މި ނަޒަރިއްޔާތުތަކުގެ ބޭނުން ހިފަންޖެހޭގޮތް ދަރިވަރުންގެ ވިސްނުމާއި އުމުރާއި ކިޔަވައިދޭ އެއްޗެއްގެ ގޮތާއި ބާވަތުން ތަފާތުވެދާނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލެވިފައިވާނީ، ލާރނިންގ ތިއަރީތަކުގެ ތެރެއިން، ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގައިވާ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓުތަކުގެ މައްޗަށް ކަނޑައަޅާފައިވާ ކިޔަވައިދިނުމުގެ ފަލްސަފާއެކެވެ. ތާވަލު 1: (ލާރނިންތިއަރީތަކާއި މި ތިޔަރީތަކުގެ ނިކަމެތި އަދި ވަރުގަދަ ނުކުތާތައް ) ލާރނިންގް ތިޔަރީ ތިއަރީގެ ތަޢ...

ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން

ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން     ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެކެވެ. ލިބިފައިވާ ތޫނުފިލިކަމާއި ޤާބިލްކަމުގެ ގޮތުން ވެސް ކުލާހެއްގައި ހިމެނޭ ހުރިހާ ކުދީންނަކީ އެއްވަރެއްގެ ކުދި ބައެއްގެ ގޮތުގައި ބެލެވިގެން ނުވާނެއެވެ. އެގޮތުން، ކޮންމެ ކުއްޖަކީވެސް ހެދުންއަޅާގޮތާއި، ޖިންސާއި، އުމުރާއި ޖިސްމާނީ ގާބިލުކަމާއި ޢާއިލީ ވަނަވަރާއި ސިޔާސީ ވިސްނުންތަކާއި އުނގެނޭ   ތަފާތު ގޮތްތަކާއި މިޒާޖާއި އުޅުމާއި ތޫނުފިލިކަމާއި ހުނަރުގެ ރޮގުން ތަފާތުވާހިނދު އުނގަންނައި ދިނުމުގައި މިތަފާތުތަކަށް ރިޢާޔަތް   ކުރަން ޖެހެއެވެ.    އެގޮތުން ކުލާހެއްގެ ތެރެގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ އުނދަގޫތަކެއް ތަޙައްމަލް ކުރަމުންދާ ކުދިބަޔަކު ތިބެދާނެއެވެ. ހަމަ މި ކުލާހުގައި ސުލޫކީ މައްސަލަތަކެއް ހުރި ކުދި ބަޔަކުވެސް ތިބުން އެކަށީގެންވެއެވެ. މީގެ ތެރެއިން ބައެއް ކުދީންނަކީ ރަނގަޅަށް މުޢާމަލާތް ނުކުރެވޭ ކުދިބަޔަކަށްވެސް ވެދާނެއެވެ. ހަމައެހެންމެ، އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކުދި ބަޔަކުވެސް މިފަދަ ކުލާހަކުން ފެނުމަކީ...