Skip to main content

Posts

Showing posts from March, 2013

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ އުނގަންނައިދިނުމުގެ ގޮތާއި ފާޑުވެރިކަމަށް ދުވަހެއް ދުވަހަކަށް މިދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ އެދުރުން މިބަދަލުތަކަށް އަހުލުވެރިވާންޖެހެ އެވެ. މިކަން ކުރެވޭނީ، ތަޙުލީލީ ނަޒަރަކުން "ލާރނިންގް ތިއަރީ" ތަކާމެދު ވިސްނައި ތަޙުލީލުކޮށްގެންނެވެ. އެހެނީ، އުނގެނުން ބިނާވެފައިވަނީ ދަރިވަރު އުނގެނޭގޮތާބެހޭ ނަޒަރިއްޔާތުތަކާއި ދިރާސާތަކުގެ މައްޗަށެވެ.   މި ނަޒަރިއްޔާތުތަކުގެ ބޭނުން ހިފަންޖެހޭގޮތް ދަރިވަރުންގެ ވިސްނުމާއި އުމުރާއި ކިޔަވައިދޭ އެއްޗެއްގެ ގޮތާއި ބާވަތުން ތަފާތުވެދާނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލެވިފައިވާނީ، ލާރނިންގ ތިއަރީތަކުގެ ތެރެއިން، ކޮގްނެޓިވް، ސޯޝަލް ކޮގްނެޓިވް، ކޮންސްޓްރަކްޓިވިޒަމް އަދި ބިހޭވިއަރިޒަމް ލާރނިންގް ތިއަރީގައިވާ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓުތަކުގެ މައްޗަށް ކަނޑައަޅާފައިވާ ކިޔަވައިދިނުމުގެ ފަލްސަފާއެކެވެ. ތާވަލު 1: (ލާރނިންތިއަރީތަކާއި މި ތިޔަރީތަކުގެ ނިކަމެތި އަދި ވަރުގަދަ ނުކުތާތައް ) ލާރނިންގް ތިޔަރީ ތިއަރީގެ ތަޢ

ޕޯސްޓް 1

މި ނަޒަރިއްޔާތުގެ މޭސްތެރީންނަކީ ބީ.އެފް. ސްކްނިރ ( B.F. Skinner ) އަދި އިވަން ޕަވްލޯވް ( Ivan Pavlov ) ފަދަ ބިހޭވިއަރިސްޓުންނެވެ. މި ނަޒަރިއްޔާތުގެ މައިގަނޑު ގަބޫލުކުރުމަކީ ކުއްޖާ އުނގެނެނީ ކުއްޖާގެ ސުލޫކަށް ( behavior )   ނުވަތަ އުޅުމަށް އަންނަ ދާއިމީ ބަދަލެއްގެ ސަބަބުންނެވެ. ކުއްޖާއަށް މި ބަދަލު އަންނަން މެދުވެރިވަނީ، ކުއްޖާ އުޅޭ މާހައުލުން   ނުވަތަ އެހެނިހެން ފަރާތްތަކުން އެ ކުއްޖަކަށް އުނގެނުމާ ގުޅޭގޮތުން ލިބެމުންދާ ހިތްވަރާއި ތަރުހީބެވެ ނުވަތަ ރިއިންފޯރސްމެންޓެވެ. މީގެ ސަބަބުން ކުއްޖާގެ އުޅުން ވަކި ގޮތަކަށް ވަކިގޮތަކަށް ބައްޓަން ( Condition ) ކުރެވެއެވެ. މި ނަޒަރިއްޔާތު އެއް ތަޙުލީލަކީ، ކުއްތާއެއް ވަކި ގޮތަކަށް ހޭނެވުމުގައި (ކޮންޑިޝަންކުރުމުގައި) ތަޖުރިބާކުރި ގޮތެވެ. އެއީ ސްޓިމިއުލަސް (ވަކިކަމަކަށް)-   ރެސްޕޯންސް (ރައްދު )-   ރީއިންފޯސްމެންޓު (ހިތްވަރު/ ތަރުޙީބު)   އުޞޫލެވެ. މި ކުއްތާ ވަކި ގޮތަކަށް ކޮންޑިޝަން ކުރުމުގައި 3 މަރުޙަލާއެއް ކަޑައްތުކޮށްފައިވެއެވެ. އެއީ ކޮންޑިޝަން ކުރުމުގެ ކުރި ( Before conditioning ) ، ކޮންޑިޝަން ކުރުމުގެތެރެ ( During conditioning ) ،